ދޫނިތައް އުދުހެން ފެށީ

ދޫނިތައް އުދުހެން ފެށީ ތަސްބީޙަ ކިޔަމުން އާހުގައި މޫނުތައް ހިނިތުން ވެލީ، ތަކުބީރު ކިޔަމުން ފާޅުގައި ޙަމްދު ކުރަމޭ، ޝުކުރު ކުރަމޭ، ހާ އުފާވެރި ޢީދެކޭ! އަހަރެމެންނީ ކުޑަ ކުދީންނޭ - ސުވަރުގޭގެ ކޮކާތަކޭ! އަހަރެމެން ކީރިތި އިލާހަށް ވަޤުފު ކުރަނީ ހިތްތަކޭ! ރަޙްމަތުން ރައްބީގެ އަލިވާ މީ އުޖާލާ ނިތްތަކޭ! ޙަމްދު ކުރަމޭ، ޝުކުރު ކުރަމޭ، ހާ އުފާވެރި ޢީދެކޭ! ޢީދަކީ ލޯތްބާއި ރަޙްމާ ކުލުނު ދިރުވާ މޫސުމޭ ޢީދު ހަދިޔާއާ ސަލާމުން ބަރަކަތާ ހެޔޮ ފަތުރަމޭ ރީތި ހެދުމާއި ރީތި ޚުލްޤުން މުސްލިމުން ޒީނަތްވަމޭ ޙަމްދު ކުރަމޭ، ޝުކުރު ކުރަމޭ، ހާ އުފާވެރި ޢީދެކޭ!

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު