އެވާރެއާ ތެމި ފޯވީ ހަނދާން ނެތީހެ ކަލާ

ރާގު: ޔެ ވާދީޔާ ޔެ ފިޒާއޭ

އެވާރެއާ ތެމި ފޯވީ ހަނދާން ނެތީހެ ކަލާ އެހާމެ ލޯބިން ފިދާވީ ހަނދާން ނެތީހެ ކަލާ އެރޭގެ މެންދަމު ވިސްނާށެ ހަނދު އެރީ ނޫންހޭ ވިލާތަކާގޮސް ނިވާވީ ހަނދާންނެތީހެ ކަލާ އެހާމެ ލޯބިން ... ތިރީތި ނަންބުނި ވައިރޯޅިއަށްމެ ސިއްރުންނޭ ދެހިތްމެ މަސްތުވެފާވީ ހަނދާންނެތީހެ ކަލާ އެހާމެ ލޯބިން ... ދެލޯފުރާ ކަރުނުން އިންތިޒާރުގާ ވީމޭ އެރީތި މާޒީ ޒަމާންވީ ހަނދާންނެތީހެ ކަލާ އެހާމެ ލޯބިން ...

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު