އޭ މަގޭ ލޮލުގެ ނޫރާ
ރާގު: ވާދިޔާ މޭރަ ދާމަން
އޭ މަގޭ ލޮލުގެ ނޫރާ ލޯމަރާފާ ނިދާލާ
ނާނަޔޯ ނާނަޔޯ މީކިޔާ ނާނަޔޯ
އޭ މަގޭ ލޮލުގެ ނޫރާ ލޯމަރާފާ ނިދާލާ
ނާނަޔޯ ނާނަޔޯ މީކިޔާ ނާނަޔޯ
އޭ މަގޭ ލޮލުގެ ނޫރާ
ދަރިފުޅާ ށޭކިޔާ ޛިކުރުތައް ހަނދުމަކޮށް
ފަރިކުރާށޭ ނަފުސު މާތް ފޮތުން ރިވެތިކޮށް
އަރިއަޅާ ދިޔަނުދީ ތެދުމަގުން ޚާއްސަކޮށް
އޭ މަގޭ ލޮލުގެ ނޫރާ ލޯމަރާފާ ނިދާލާ
ނާނަޔޯ ނާނަޔޯ މީކިޔާ ނާނަޔޯ
އޭ މަގޭ ލޮލުގެ ނޫރާ
މަންމައީ ނިޢުމަތެއްކަން ހަނދާންވެސް ކުރޭ
މަންމަޔަށް ހެޔޮހިތުން އަބަދު ޚިދުމަތްކުރޭ
މަންމަޔަށް ހެޔޮދުޢާ ކުރުމުގާ ދެމިހުރޭ
އޭ މަގޭ ލޮލުގެ ނޫރާ ލޯމަރާފާ ނިދާލާ
ނާނަޔޯ ނާނަޔޯ މީކިޔާ ނާނަޔޯ
އޭ މަގޭ ލޮލުގެ ނޫރާ
ހޭދަކުރި ނަމަ ކުރޭ ތަރިކަމާއެކު ވަފާ
ހާދަހާ ދަރިފުޅާ ވާނެއޭރުން ނަފާ
މާދަމާ ނެތިދިޔަސް ބައްޕަ ވާނޭ އުފާ
އޭ މަގޭ ލޮލުގެ ނޫރާ ލޯމަރާފާ ނިދާލާ
ނާނަޔޯ ނާނަޔޯ މީކިޔާ ނާނަޔޯ
އޭ މަގޭ ލޮލުގެ ނޫރާ ލޯމަރާފާ ނިދާލާ
ނާނަޔޯ ނާނަޔޯ މީކިޔާ ނާނަޔޯ
އޭ މަގޭ ލޮލުގެ ނޫރާ