ހާދަހާ ޢިބުރަތެއް ދުނިޔެ ލިބިދީފިއޭ

ހާދަހާ ޢިބުރަތެއް ދުނިޔެ ލިބިދީފިއޭ އާދައޭ ހައްތަހާވެސް މިއީ އަންގައޭ މާދަމާއަށް އެހެން ބަދަލެކޭ ބުނެދެޔޭ ސާދަ ފަނަރައިގެ އަލިކަން ފަހުން ނެތިދެޔޭ ޖައްވު ރޮޝަންވެފާ ތަރިތަކުގެ ރިހި ދަޅައިން ރަންގު އުދަރެސް ވެފާ ރީތިހާ ކުލަކުލައިން ޝަމްސު ދައްކާލުމުން އޭގެ ފުރިހަމަ ކުލައިން ތަންމުޅިން އެކަނިދީފާ ހިނގާ ދާނެޔޭ ރާގުތައް ރީތި ކިޔަމުން އުދުހި ޖައްވުގާ މާފޮޅެންދެން ގުރާތައް ގުލިސްތާނުގާ މާފުނުވެވޭ ކުށެއް ނެތަމަ އެފަރާތުގާ ގައިމުވެސް ވަކިވެދާކަށް ނުރުހެވޭނެޔޭ އައްސަވާށޭ މިއީ ދުނިޔަވީ ޢިބުރަތޭ ލައްކަ ގިނަގޮތްގޮތަށް ތަޖުރިބާ ދައްކަތޭ ދައްކަނީ އެހެނަކަސް އެންމެފުރަތަމަ ހިތޭ ދެން އެވާ ގޮތް ނުބުންޏަސް އެނގެންވާނެޔޭ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު