ޖާޒުބި އަސަރު

ޖާޒުބި އަސަރު ގަދަ ފަރި ނަޔާ މަލުގެ ރާނީ ޖާނުދި މިހާރުގޮސް މަޑުމަޑުންނެ ބިނދެލާނީ އެދެމޭ ތިޔަ ގުލަޒާރުގާ ފަރުވާއަކަށް ތެދެކޭ ލިބުމަށް ހިނދުކޮޅެއްގެ ޝިފާއަކަށް ނިޔަނެތި ތިޔަ ފަރިމަލުގެ ލޯބި ލާސާނީ ޖާނުދި މިހާރުގޮސް މަޑުމަޑުންނެ ބިނދެލާނީ ވެދުމާއި ސަލާމާއެކީ ފޮނުވާލަނީ އެކުވެރިވެވި ލޯބީގެ ނަރު ގުޅުވާލަނީ އެދުމުގެ އަބަދާ އަބަދުގާ މަ ހުނަނާނީ ޖާނުދި މިހާރުގޮސް މަޑުމަޑުންނެ ބިނދެލާނީ އަހުރެން މި ކިޔާހާ ސަނާ ތަޢުރީފަކީ ރަޙުމަތް އެދެމުން ތާއަބަދުގެ ދުޢާ އަކީ މަޙުޝަރު ބިމުގާ އަހުރެނާއި އެކު ވާނީ ޖާނުދި މިހާރުގޮސް މަޑުމަޑުންނެ ބިނދެލާނީ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު