ލޯބީގެ މޫސުން ދަނީއޭ

ރާގު: މާންގީހެ ހަމްނޭ ދުއާއޭ

ލޯބީގެ މޫސުން ދަނީއޭ މާޔޫސް ހިތް އަދު ވަނީއޭ ޒަމާންވީ މިލޯތްބަށް ތޫފާނަކުން އައި އޮއެގާ މި ބެހިގެން ދަނީއޭ ވާރޭވިލާ އިތުރުވެއްޖެޔޭ ވައިރޯޅިވެސް ބަދަލުވެއްޖެޔޭ އިތުރު ހިތްވަރެއް އިތުރު މަންޒިލެއް ލިބޭނޭ ބުނާކަށް މިއަދު ނޭގެޔޭ ލޯބީގެ މޫސުން...... ފަޅުކަން ހިތުން ފިލާކަށް ނެތޭ އަޅާވޭނަކަށް ބޭހެއް ނެތޭ ރަޙުމެއް އެދޭ އެކަކުވެސް ނެތޭ އާދޭސް އަހާނެ މީހަކު ނެތޭ ލޯބީގެ މޫސުން......

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު