މަރޭ މިތުރާ މިދުނިޔޭން

ރާގު: ޢަބްދުލް ޙަންނާން މޫސާދީދީ

މަރޭ މިތުރާ މިދުނިޔޭން ވަކިކުރީ މިއަސަރް ހިނގާނީ އެންމެ ފަހު ވިންދާ ޖެހެންދެން އަރުތެރޭ މިޒަހަރް ހިނގާނީ ހާދަ އުންމީދެއް ކުރީމޭ މާދަމާ ރޯށަން ކުރަން އުނިނުވާ އުފަލާ އަރާމާ އެކު މުޅިން ލޯބިން ފުރަން ނުރުނީތީ އަޒަލު މިކަމާ ކަރުނަ ދެން ކިހިނެތް ހެދޭނީ މަރޭ މިތުރާ މިދުނިޔޭން ވަކިކުރީ މިއަސަރް ހިނގާނީ އެންމެ ފަހު ވިންދާ ޖެހެންދެން އަރުތެރޭ މިޒަހަރް ހިނގާނީ އެކުއެކީގާ މަރުގެ ދާނުން ތަން ލިބުނު ނަމައީ މިހެން އެކަނިވެރިވާން ގިނަވެފާ ދެން ނުމެ ހުރީންހޭ ދުނިޔެއިން ދެއްވަވާނދޭ މަންޒިލެއް މާތް ސުވަރުގެއިން އެކުގާ ގުޅޭނީ މަރޭ މިތުރާ މިދުނިޔޭން ވަކިކުރީ މިއަސަރް ހިނގާނީ އެންމެ ފަހު ވިންދާ ޖެހެންދެން އަރުތެރޭ މިޒަހަރް ހިނގާނީ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު