މިފަދަ ރަޙުމަތް ހިތެއް މަޑުމޮޅި

މިފަދަ ރަޙުމެތް ހިތެއް މަޑުމޮޅި ކޮބައިތޯއޭ މިދުނިޔޭގާ އިތުރު ޠޯޙާގެ ރަޙްމާ ހިތްޕުޅާ އެއްފަދަ މިޢާލަމުގާ އެތައް ވޭނެއް ޢަޒާބުތަކެއް ނުބައިހާ މުޝްރިކުން ދޭއިރު އަތުން ލޭފޮދު އޮހޮރުވާ ޒަޚުމުތައް ދީލަތި ދެމުން ދާއިރު ކުރައްވަވަނީ ދުޢާ ފުޅު އެދި ވަޑައިގެން ހެޔޮ އެޙާލަތުގާ ޢިނާދުގެ ތީރުތައް ހަށިކޮޅު ވަށާލާފާ ވުމާއެކުގާ ނުބައިބަސްތައް ނަބިއްޔާއަށް އަޑުން ހަރުކަށި ގޮވާއިރުގާ ޙިމާޔަތު ލެއްވެވީ ޙިލްމާ އަބަރުވެރި ކަމުގެ ފަރުދާގާ އިލާހީ އަޅުގެ ޤައުމަށް ލޮބުވަތާ ހެޔޮމަގު މި ވިސްނޭންދެން ހިދާޔަތު ދައްކަވާނދޭ އެއުރެނަށް ހަމަ ނޭނގެނީއޭ ދެން ދުޢާފުޅަކީ މިއޭ ލޯބިވެތި ނަބަވީ އެ ދޫފުޅުގާ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު